26 ވަނަ ޗައިނާ އިންޓަނޭޝަނަލް ފެއަރ ފޯ އިންވެސްޓްމަންޓް އެންޑް ޓްރޭޑް ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް ހުޅުވާލައިފި ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ދިވެހި ވިޔަފާރިތަކަށް ޗައިނާ އިންޓަނޭޝަނަލް ފެއަރގައި ބައިވެރިވުމުގެ ފުރުސަތު
ދިވެހި ވިޔަފާރިތަކަށް ޗައިނާ އިންޓަނޭޝަނަލް ފެއަރގައި ބައިވެރިވުމުގެ ފުރުސަތު

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 8 އިން 11 އަށް ޗައިނާގެ ޒިއަމެންގައި ބޭއްވުމަށް ހަމަޖެހިފައިވާ 26 ވަނަ ޗައިނާ އިންޓަނޭޝަނަލް ފެއަރ ފޯ އިންވެސްޓްމަންޓް އެންޑް ޓްރޭޑް އަކީ ޗައިނާގެ މިނިސްޓްރީ އޮފް ކޮމަރސް އިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވާ، ބައިނަލްއަޤްވާމީ އިންވަސްޓްމަންޓް މައުރަޒެކެވެ. މި މައުޒަރުގައި ރާއްޖޭގެ ކުންފުނިތަކާއި، ސިނާއީ ފަރާތްތަކުން ބައިވެރިވުމަށް، މައުރަޒު އިންތިޒާމު ކުރާ ފަރާތުން ވަނީ ދައުވަތު އަރުވާފައެވެ.

މި މައުރަޒުގެ މަޤްސަދަކީ ޕްރެކްޓިކަލް އިންވެސްޓްމަންޓްތަކަށް ޕްލެޓްފޯމެއް ހޯދައިދީ، އިންވަސްޓްމަންޓާއި ޕޮލިސީއާ ގުޅުންހުރި މަޝްވަރާތައް ކުރިޔަށްގެންދެވޭނެ މާހައުލެއް ގާއިމްކުރުމެވެ. އަދި ބީ2ބީ ސެޝަންތަކާއި، އިންވެސްޓްމަންޓް ސެމިނަރތަކާއި، ޕްރޮޖެކްޓް ރޯޑްޝޯތަކުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ފަހިވެގެންދާނެ އެވެ.

އެ ވުޒާރާއިން ވަނީ މި މައުރަޒުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، މައުރަޒުގެ ރަސްމީ ވެބްސައިޓް www.chinafair.org.cn މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ފުރިހަމަކުރެއްވުމަށްފަހު، ބައިވެރިވާކަމުގެ މައުލޫމާތު international@trade.gov.mv އަށް އީމެއިލްކުރަން އެދިފަ އެވެ. އަދި މައުރަޒާ ބެހޭ އިތުރު މައުލޫމާތު ޗައިނާ އިންޓަނޭޝަނަލް ފެއަރ ފޯ އިންވެސްޓްމަންޓް އެންޑް ޓްރޭޑްގެ ވެބްސައިޓް www.chinafair.org.cn އިން ލިބޭނެ އެވެ.