ވައިގެމަގުން ރާއްޖެ އަށް އެތެރެކުރަން އުޅުނު 1.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
މިކަން ހާމަކޮށްފައި ވަނީ މޯލްޑިވްސް ކަސްޓަމްސް އިން އިއްޔެ ކުރި ޕޯސްޓެއްގައެވެ.
ކަސްޓަމްސް އިން ބުނީ މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހު ދުވަހު ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު 941 ގްރާމްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.
އަދި އަތުލައިގެންފައި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަމްފެޓަމިން ކަމަށް ކަސްޓަމުން ބުނެފައި ވެއެވެ.
މީގެ އިތުރުން އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީގެ އަގަކީ 1.8 މިލިއަން ރުފިޔާ ކަމަށް ކަސްޓަމުން ބުނެފައި ވެއެވެ.