އާސަންދައިން ގެނައި ބަދަލާއެކު ރައްޔިތުންނަށް އަވަސް ހިދުމަތެއް ލިބިގެންދާނެ ކަމަށް އަސަންދައިގެ މެނޭޖިން ޑިރެކްޓަރ އާމިނަތު ޒީނިޔާ ވިދާޅުވެއްޖެއެވެ.
ޒީނިޔާ މިފަދައިން ވިދާޅުވީ، ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އާސަންދަ ހިދުމަތް ހޯދުމުގައި ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތަކާ އެ ހިދުމަތް ލިބުމުގައި ލަސްތަކެއް ވާކަމަށް ދެކޭވޭވާހަކަ ތަކާމެދު ސުވާލު ކުރުމުން ޒީނިޔާ ވިދާޅުވީ، އަބަދު ވެސް އުންމީދު ކުރަނީ ރައްޔިތުންނަށް އަވަސް ހިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން މިހާރު އާސަންދައަށް ގެނެވުނު ބަދަލުތަކާ އެކު އަވަސް ހިދުމަތްތަކަށް ހޯދައިދިނުމަށް އާސަންދައިން ވަރަށް ބޮޑަށް ރާވާފައިވާ ކަމަށް ޒީނިޔާ ވިދާޅުވިއެވެ.
ޒީނިޔާ އިތުރަށް ވިދާޅުވީ، ހިދުމަތް ދިނުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މެނުއަލް މަސަކަތްތަކެއް ކުރަންޖެހުން ކަމަށެވެ. އެގޮތުން މެނުއަލް ރަޖިސްޓާޑް ތައްހެދުން ފަދަ ކަންކަމުގައި ގޮންޖެހުން ކުރިމަތި ވާކަމަށް ޒީނިޔާ ވަނީ ފާހަގަކުރައްވާފައެވެ.
އެހެން ނަމަވެސް ކުރިޔަށް އޮތްތަނުގައި އެ ހިދުމަތްތައް ދިނުމުގައި އަވަސް ވާނެ ކަމަށް ޒީނިޔާ ވަނީ ވިދާޅުވެފައެވެ.