މި މަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް މުބާރާތައް ތައްޔާރުވުމުގެ ގޮތުން، އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ' އެސްޓީއޯ ވޯލްޑް ކަޕް ފޯރި' ގެ ނަމުގައި ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ފީފާ ވޯލަޑް ކަޕަކީ ޒަމާނުއްސުރެ ދިވެހިންގެ މެދުގައި މަގުބޫލު އެއް މުބާރާތެކެވެ. އެގޮތުން ދިވެހިންގެ މެދުގައި ފުޓްބޯޅައަށް އޮންނަ ލޯތްބާއި އެކު، ކޮންމެ ވޯލްޑްކަޕަކާއި ދިމާކޮށް ހާއްސަ ތައްޔާރީތަކެއް އެސްޓީއޯ އިން ވަމުން އާދެއެވެ.

އެސްޓީއޯއިން ބުނީ، މި ޕްރޮމޯޝަންގެ ދަށުން، ގިނަ ބެރޭންޑްތަކެއްގެ ޓީވީތަކާއި ޕްރޮޖެކްޓަރތަކުން %28 އާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށާއި، އެގޮތުން މި ޕްރޮޑަކްޓްތަކުގެ ތެރޭގައި ފިލިޕްސް ބްރޭންޑުގެ ޓީވީ އަދި އެލްޖީ ބްރޭންޑުގެ ޓީވީގެ އިތުރުން ހަމަ އެއާއި އެކު އިންފޯކަސް ބޮކްސްލައިޓް ޕްރޮޖެކްޓަރ ހިމެނޭ ކަމަށެވެ.

މި ޕްރޮޑަކްޓްތަކުން 500ރ އިން މަތިން ވިޔަފާރިކޮށްގެން މި ޕްރޮމޮޝަންގައި ބައިވެރިވެވޭނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ. އެގޮތުން މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުންގެ ތެރެއިން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް 2 ބޭފުޅެއްގެ 5 ދުވަހުގެ މެލޭޝިޔާ ދަތުރެއް ލިބިގެންދާނެ ކަމަށާއި، ރީޓެއިލް ކަސްޓަމަރުންގެ އިތުރުން ހޯލްސޭލް ކަސްޓަމަރުންނަށްވެސް މި ޕްރޮމޯޝަނުން ވަރަށް ހާއްސަ އަގުހުރި އިނާމުތަކެއް ލިބިގެންދާނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.

އެސްޓީއޯއިން ބުނީ، ހޯލްސޭލް ކަސްޓަމަރުންނަށް 3000ރ އިން މަތީގެ ވިޔަފާރި ކޮށްގެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށާއި، ކޮންމެ 3000ރ އިން މަތީ އިންވޮއިސް އަކަށް ކޫޕަނެއް ލިބިގެންދާނެ ކަމަށެވެ. އަދި ހޯލްސޭލް ކަސްޓަމަރުންގެ ތެރެއިން ހޮވޭ ނަސީބުވެރި 3 ފަރާތަކަށް ހާއްސަ އިނާމްތަކެއް ވެސް ހުށައެޅިފައިވާ ކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ.

އެގޮތުން 1 ވަނައަށް ހޮވޭ ނަސީބުވެރި ފަރާތައް 30،000ރުފިޔާގެ ޕްރޮޑަކްޓްތައް، ދެވަނައަށް ހޮވޭ ފަރާތައް، 20،000ރުފިޔާގެ ޕްރޮޑަކްޓްތައް އަދި 3 ވަނައަށް ހޮވޭ ފަރާތައް 10،000ރުފިޔާ ގެ ޕްރޮޑަކްޓްތައް ލިބިގެންދާނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.

މީގެ އިތުރުންވެސް ކޮންމެ ހަފްތާއަކު، ވޯލްޑް ކަޕާއި ގުޅެ އެކި އެކި ހަރަކާތްތަށް މެދުވެރިކޮށް ތަފާތު އިނާމްތައް ހޯދުމުގެ ފުރުސަތު ވެސް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

އެސްޓޯއޯއިން ބުނީ، މި ޕްރޮމޯޝަންގެ މައިގަނޑު މަޤްސަދަކީ، ހިތްހަމަ ޖެހިލައިގެން، އެއް މާހައުލެއްގައި އާއިލާއާއި އެކު ވޯލްޑް ކަޕް ބެލުމުގެ ފުރުސަތު ހޯދައިދިނު ކަމަށެވެ. އެގޮތުން މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ ޖުލައި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި، މި ޕްރޮމޯޝަން، އެސްޓީއޯ ޕީޕަލްސް ޗޮއިސް މާލެ، އެސްޓީއޯ ޕީޕަލްސް ޗޮއިސް ހުޅުމާލޭގެ އިތުރުން ރީޖަނަލް އައުޓްލެޓް ތަކުގައިވެސް ކުރިއަށްދާނެ ކަމަށް ވެސް އެސްޓީއޯއިން ވަނީ ބުނެފައެވެ.