ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު މި ފާހަގަ ވަނީ ރާއްޖޭގެ ރައްޔިތުންނަށް ތަނަވަސްކަން ހޯދާދިނުމަށް މަސަކަތްކުރާ ސަރުކާރެއްގެ ގޮތުގައެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދް މިފަދައިން ވިދާޅުވީ، އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ކުރި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި ރައީސް ނަޝިދު ވަނީ، މި ސަރުކާރަކީ ހިލާފު އުފެދޭ ކަންކަން މަނާ ކޮށް ނޫސް ތަކުގެ ފަލަ ސުރުހީތަކަށް އަރުވާ ސަރުކާރެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

އެގޮތުން ރައީސް މުއިއްޒު ވަނީ ސިނގިރޭޓު ނުބޮވޭ ވަރަށް އަގުބޮޑުކުރައްވައި، ވޭޕް ބްލެކް މާކެޓުގައި އެކަނި ލިބޭ އެއްޗަކަށް ހައްދަވާފައި ކަމަށް ނަޝީދު ވިދާޅުވިއެވެ.

އަދި ޝީޝާ މަނާ ކުރަން މަޝްވަރާ ކުރައްވާ ސްމާޓް ފޯނު ބޭނުން ކުރުން މަދު ކުރުމަށް ވަކާލަތު ކުރައްވާ ކަމަށާއި، ޒާތީ ދިރިއުޅުުގެ ތެރެއަށް ވަންނަވަނީ ހައްދެއް ހުދޫދެއް ނެތި ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވަނީ، މިހާރު ރައީސް މުއިއްޒު ހައްދަވާ ގޮތަކީ ލުއިދެއްވާ ކަމަށް ދައްކުވަން، އެމަނިކުފާނުގެ މި ސަރުކާރުން މަނާ ކުރެއްވި ކަންކަން ބަދަލު ކުރައްވަނީ ކަމަށް ވެސް ސިފަކުރައްވާފައެވެ.

ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ކުޑަނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިތާ މަހެއްހާ ދުވަސް ނުވަނީސް، އެ ނިންމެވުމާ ދެކޮޅަށް ސަރުކާރުން "ޔޫޓާން" އެއް ނެގުމާ ގުޅިގެން އާންމު ރައްޔިތުންގެ ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް ދަނީ އަމާޒުވަމުންނެވެ. އެގޮތުން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ސަރުކާރުން ކޮންމެ ކަމެއްގައިވެސް ޔޫޓާން ނަގަމުންދާކަމަށް ގިނަ ބަޔަކު ގެންދަނީ ބުނަމުންނެވެ.