މާލެ އާއި ވިލިމާލޭގެ މަގުތަށް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސާވޭތަކާއި ދިރާސާކުރަން ފަށައިފިއެވެ.

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނީ، މާލެ އަދި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ތަފްޞީލީ ކުރެހުންތައް އެކުލަވައިލުމަށް ބޭނުންވާ ސާވޭތަކާއި ދިރާސާކުރުމުގެ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ.

އެގޮތުން ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މި މަޝްެރޫޫއުގެ ތެރެއިން، މަސައްކަތާގުޅެ ސަރަޙައްދުތައް ސާވޭކުރުމާއިި ކަމާގުޅުންހުރި ފަރާތްތަކާއެކު ބާއްވާ މަޝްވަރާ ބައްދަލުވުންތައް ޖުލައި 4ވަނަ ދުވަހުގެ ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

ސަރުކާރުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ވަނީ މިމަޝްރޫއުގެ ޑިޒައިނިން މަރުހަލާ ފެށުމާއި ގުޅޭ ލެޓަރ އޮފް އެކްސްޗޭންޖުގައި ޗައިނާ ސަރުކާރާއެކު ސޮއިކޮށްފައެވެ.

އެގޮތުން ޗައިނާއިން ހިލޭ އެހީ ދީގެން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ފީސިބިލިޓީ ސްޓަޑީ ހެދުމާއި، ސާވޭ ޑިޒައިންއާއި، ކޮންސްޓްރަކްޝަން ހަވާލުކުރުމުގެ މަރުހަލާތައް ކުރިއަށްގެންދަނީ އެގައުމުގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ހިންގާ ޕްރޮކިއުމެންޓުގެ ތެރެއިންނެވެ.