މި އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން ފުރިހަމަކުރުމަށްފަހު، ދިވެހި ޙައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށާނީ އަންނަ ހުކުރު ދުވަހުން ފެށިގެން ކަމަށް ދިވެހި ޙައްޖު މިޝަނުން ބުނެފިއެވެ.

ހައްޖުވެރިން ޙައްޖުގެ ހުރިހާ މަނާސިކުތަކެއް ފުރިާހަމަކޮށް ނިމި، މިހާރުވކުރިއަށް އޮތީ މަދީނާ ދަތުރެވެ.

ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށްފަހު މަދީނާ ދަތުރުގައި އިސްލާމީ ތާރީޚުގެ މުހިންމު ބިނާތަކާއި އަދި މުހިންމު ހާދިސާތައް މަދިނާއާއި ގުޅިފައިވުމުން، އެ ދަތުރުގެ ތެރެއިން ހައްޖުވެރިން އެ ތަންތަނަށް ޒިޔާރަތްކުރާނެއެވެ.

އެގޮތުން މިއަދުން ފެށިގެން ޙައްޖުވެރިން މަދީނާއަށް ދާން ފަށާނެއެވެ.

އެ ދަތުރަށްފަހު ސީދާ މަދީނާއިން ދިވެހި ޙައްޖުވެރިން ރާއްޖެއަށް އަންނަ ދުވަސްތަކާއި ގަޑިތައް ހައްޖު މިޝަނުން މިހާރު ވަނީ އާންމުކޮށްފައެވެ.

ޙައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ ޖުމްލަ 4 ފްލައިޓެއްގައެވެ. އެއީ ސައުދިއާ އެއަރލައިންސްގެ 2 ފްލައިޓާއި މޯލްޑިވިއަންގެ 2 ފްލައިޓެއްގައެވެ. އެގޮތުން ފުރަތަމަ ފްލައިޓުގައި މި މަހުގެ 5 ވަނަ ދުވަހު ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕު ރާއްޖެ އަންނާނީ ސައުދިއާ އެއަރލައިންގެ ފްލައިޓެއްްގައެވެ. އެ ފްލައިޓް ވެލާނާ އިންޓަރނޭޝާނަލް އެއަރޕޯޓުގައި ޖެއްސުމަށް ހަމަޖެހިފައި ވަނީ ރާއްޖެ ގަޑިން 14:00 ގައެވެ.

މިމަހުގެ 7 ވަނަ ދުވަހު ރާއްޖެއަށް ޙައްޖުވެރިންގެ ދެވަނަ ފްލައިޓު އަންނައިރު ޙައްޖުވެރިންގެ 3 ވަނަ ފްލައިޓު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 8ވަނަ ދުވަހުއެވެ. އަދި

ހައްޖު ވެރިންގެ ފަހު ފްލައިޓު ރާއްޖެ އަންނާނީ މި މަހުގެ 9ވަނަ ދުވަހުއެވެ.