ބާޒާރުގައި ފިޔާ ވިއްކާ އަގަށް ބަދަލު އައިނަމަވެސް އެސްޓީއޯއިން މިހާރުވެސް ވިއްކާ އަގުގައި ފިޔާ ލިބެން ހުންނާނެކަމަށް އެކުންފުނިން ބުނެފިއެވެ.

އެކުންފުނިން މިހެން ބުނީ ބާޒާރުގައި ފިޔާ ވިއްކާ އަގު އުފުލި، ބައެއް ފިހާރަތަކުން ފިޔާ ކިލޯއެއް 25 ރުފިޔާއަށް ވުރެ ބޮޑުކޮށް ވިއްކަމުންދާ ދަނޑިވަޅެއްގަ އެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ އެކުން ފުނީގެ ފިހާރަތަކުން މިހާރުވެސް ވިއްކާ އަގުގައި ފިޔާ ހޯސޭލް އަދި ރީޓެއިލްކޮށްވެސް ލިބެންހުރިކަމަށާއި އަގަށްވެސް ބަދަލު ނުގެންނާނެކަމަށެވެ.

މީގެއިތުރުން، ފިޔާގެ ސްޓޮކް އަދިވެސް އެބަހުރިކަމަށާއި އިތުރަށް ބޭނުންވާނަމަ މިފަދަ ހާލަތްތަކުގައި އެފަދަ ތަކެތި އެތެރެކުރާ އުސޫލުން ފިޔާވެސް ގެނެވޭނެކަށް އެސްޓީއޯއިން ވަނީ ބުނެފަ އެވެ. އަދި ފިޔާ ލިބުމުގައި ދަތިކަމެއް ނެތްކަން އެކުންފުނިން ފާހަގަކޮށްފައިވެ އެވެ.

އެސްޓީއޯއިން މިވަގުތުވެސް ފިޔާ ކިލޯއެއް ވިއްކަމުންދަނީ 13 ރުފިޔާއަށެވެ.