ރާއްޖޭގައި ޝީޝާ ބޭނުން ކުރުން މަނާ ކުރުމުގެ މަޝްވަރާތަކެއް އަދި ނުކުރާ ކަމަށް ސިއްހަތާއި އާއިލާ އަދި އިޖުތިމާޢީ އެހީއާއި ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާއި ގުޅިގެން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މި ބައްދަލު ވުމުގައި ނޫސްވެރިއަކު ވަނީ ޝީޝާ ބޭނުން ކުރުން މަނާ ކުރަން ސަރުކާރުން ވިސްނަމުންދޭތޯ ސުވާލު ކޮށްފައެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، މަޝްވަރާތަކުގެ ތެރޭގައި ޝީޝާ މަނާ ކުުރުމުގެ މަޝްވަރާތަކެއް އަދި ކުރިއަައް ނުދާ ކަމަށާއި، ވޭޕް މަނާ ކުރެވިފައި ވަނީ ޖެނެރަޝޭނަލް ބޭން ގޮތުގައި ކަމަށެވެ.
ރާއްޖޭގެ ޒުވާނުންގެ މެދުގައި ޝީޝާ ބުއިން ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ. މި ހިދުމަތް ފޯރުކޮށްދޭ ތަންތަންވެސް ރާއްޖޭގައި ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.