އދ. ކުޑަރަށް ރިސޯޓް ކުއްޔަށް ހިފާފައިވާ ފަރާތުން އެ ރިސޯޓު ވިއްކާލައިފިއެވެ.
ކުޑަރަށް ރިސޯޓަކީ ކުރިން ބަރޮސް ބްރޭންޑާއި އަމާޔާ ގްރޫޕުން ހިންގަމުން އައި "ކުޑަރަށް" ރިސޯޓު، ބައިނަލްއަގުވާމީ މަޝްހޫރު ހޮޓެލް ޗެއިންއެއް ކަމަށްވާ މައިނާ ހޮޓެލްް އިން ގަނެ، އެ ކުންފުނީގެ ބްރޭންޑްގެ ދަށުން އަލުން ރީބްރޭންޑްކޮށްގެން ހިންގަމުން އައި ބުޓީކް ރިސޯޓެކެވެ.
އަދި އެއީ އެ ބްރޭންޑުން ރާއްޖޭގައި ހުޅުވި ފުރަތަމަ ރިސޯޓް ވެސް މެ އެވެ.
އެއީ ގާތްގަނޑަކަށް ހަ ހެކްޓަރުގެ ރިސޯޓެކެވެ. އެ ރިސޯޓުގައި 51 ވިލާ އަދި ސުއިޓް ހިމެނެއެވެ.
އެ ރިސޯޓް ކުއްޔަށް ހިފާފައިވާ ފަރާތުން އެތަން މިހާރު ވިއްކާލާފައި ވާތީ ޓުއަރިޒަމް މިނިސްޓްރީން މިހާރު ވަނީ އެ ރިސޯޓުކުއްޔަށް ދިނުމާބެހޭ ލީސް އެގްރީމެންޓުގެ ދަށުން، އެ ރަށް ކުއްޔަށް ހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހާ ޙައްޤުތައް، އެހެން ފަރާތަކަށް ބަދަލު ކުރުމުގެ ހުއްދައަށް އެދި އެ ފަރާތުން ހުށަހަޅާވާފައިވާތީ، ރަށާ ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްތޯ ބަލަން އިއުލާނުކޮށްފައެވެ.
ކުޑަ ރަށް ރިސޯޓަކީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ފުރައިގެން ސީޕްލޭންގައި ގާތްގަނޑަކަށް 25 މިނެޓުން ދެވޭހާ ދުރުމިނުގައި އޮންނަ ރިސޯޓެކެވެ.