ދުންފަތުގެ ވަބާއިން އަންނަން އޮތް ޖީލު ހިމާޔަތްކުރުމުގެ އަޒުމް އައުކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޕޯސްޓެއްގައެވެ.

މެޑަމް ސާޖިދާ އެކްސްގަައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދުންފަތުގެ ބާވަތްތަކާއި ނިކޮޓިންގެ ވަބާއިން ސަލާމަތްވުމުގެ ހައްގު ކޮންމެ ޒުވާނަކަށްވެސް އޮތް ކަމަށެވެ.

އެގޮތުން އަންނަން އޮތް ޖީލު މި ވަބާއިން ރައްކާތެރިކުރުމަށް ގުޅިގެން މަސައްކަތްކުރުމުގެ އަޒުމް އައުކުރަންޖެހޭކަމަށް ސާޖިދާ ވިދާޅުވިއެވެ.

އެ ކަމަނާގެ ޕޯސްޓުގައިވަނީ ދުންފަތާ ދެކޮޅަށް ސަރުކާރުން އަޅުއްވާފައިވާ މުހިއްމު ފިޔަވަޅުތައް ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ހޭލުންތެރިކުރުވުމާއި، ތަޢުލީމާއި އެންމެން ގުޅިގެން ދުންފަތާ ދެކޮޅަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރުމުގެ މުހިއްމުކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

މެޑަމް ސާޖިދާގެ ޕޯސްޓުގައި ވަނީ އެކުގައި ކުރެވޭ މަސައްކަތުން ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް މަސައްކަތްކުރުމަށް ގޮަވާލައްވާފައެވެ.