ރައީސުލްޖުމްހޫރިއްޔާ، ޑރ މުޙައްމަދު މުޢިއްޒު، ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރޭ މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ބައެއް ނުރަސްމީ ދަތުރުފުޅުތަކުގައި، އެމަނިކުފާނު ކުރައްވާ އިދާރީ މަސައްކަތްޕުޅުތަކުގެ ހަރަދާއި، އާއިލާއާއި އަމިއްލަފުޅު ކަންކަންވެސް ހިމެނޭގޮތުން، މުޅި ދަތުރުފުޅުގެ ހުރިހާ ހަރަދެއްވެސް ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށެވެ.

މިއީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް ސިންގަޕޫރަށް ކުރައްވާ ފަސްވަނަ ދަތުރުފުޅެވެ. އަދި، ނުރަސްމީ ހަތަރުވަނަ ދަތުރުފުޅު ވެސް މެއެވެ.

ވެރިކަމަށް ވަޑައިގެންފަހުން އެމަނިކުފާނު އެންމެ ގިނައިން ދަތުރުފުޅު ކުރައްވާފައި ވަނީ ވެސް ސިންގަޕޫރަށެވެ.