މާލޭގެ އާޓިފިޝަލް ބީޗްގައި ބިދޭސީންތަކެއްގެ މެދުގައި ބޮޑު މާރާމާރީއެއް ހިންގައިފިއެވެ.
ފުލުހުން ބުނީ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބަޔަކު މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވަމުންދާކަން ދިވެހި ފުލުހުންގެ ހިދުމަތުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އަދި މި ހާދިސާއާ ގުޅިގެން މިހާތަނަށް ފުލުހުންނަށް އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މިއީ ޖިނާއީ ކުށެއް އެކުލެވޭ ކަމަކަށް ވާތީ، ގާނޫނީ އިޖުރާއަތްތަކުގެ ދަށުން މި މައްސަލަ ތަހުގީގުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށެވެ.