ހއ އަތޮޅުން ފެށިގެން ޅ އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)ން ހުދު ސަމާލު ނެރެފައިވަނީ މިއަދުގެ 17:45 އަކުން 23:00 ހަމަޔަށެވެ.
މެޓް އޮފީހުން ބުނެފައިވަނީ މި އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި، މެދުރާއްޖެތެރެއާއި އުތުރު އަތޮޅުތަކަށް، ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. މެޓް އޮފީހުން ވަނީ ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެން ވާ ކަމަށެވެ.
ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑު ވާނެ ކަމަށާއި މެދުރާއްޖެތެރެއާޢި އުތުރުއަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުދައި ގަދަ ވާނެ މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
އުތުރާއި މެދުރާއްޖެތެރޭގައި ރާޅު އުސްމިނުގައި 3 - 6 ފޫޓު އަދި ދެކުނުގެ ރާޅު އުސްމިނުގައި 2 - 4 ފޫޓު ހުންނާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.