"އަޟްޙާ ޢީދު" ފާހަގަކުރުމުގެ ގޮތުން މިރޭ ވިލިމާލެއާ ދިމާ ބޭރުން ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފްއިން ބުނީ ހަވާއެރުމަށް ހަމަޖެހިފައިވަނީ މިރޭ 21:45 އާއި 22:15އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ.

އަދި ހަވާ އެރުވުން ކުރިއަށްދާނީ ގާތްގަނޑަކަށް 5 މިނެޓެއް ހާއިރު ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

ހަވާ އެރުވުމުގެ ހަރަކާތްތަކަކީ ގިނަ ބަޔަކު ބަލަން ޝައުގުވެރިވާ ހަރަކާތްތަކެކެވެ. އަދި މީގެ ކުރިންވެސް ބޮޑެތި މުނާސަބަތުތަކާ ގުޅުވައިގެން މާލެ ސަރަހައްދުގައި ހަވާ އެރުވުމުގެ ޙަރަކާތްތައް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ވަނީ ބާއްވާފައެވެ. މިފަހަރުގެ އީދާ ގުޅިގެންވެސް ރާއްޖޭގެ އެކި ރަށްރަށުގައި ހަވާ އަރުވާފައިވެއެވެ.