ދިވެހިި ޙައްޖުވެރިން މިހާރު ދަނީ ޠަވާފުލްއިފާޟާއާއި ޙައްޖުގެ ސަޢުޔުކުރަމުން ކަމަށް ހައްޖު މިޝަން އިން ބުނެފިއެވެ.

"އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވަނީ ހައްޖުވެރިންނަށް ޚިދުމަތްކުރުމުގައި ސައުދީ އަރަބިއްޔާގެ ޙައްޖާއި ޢުމްރާއާ ބެހޭ ވުޒާރާއާއި، ދާޚިލީ ވުޒާރާގެ އިތުރުން ސައުދީގެ މުޅި ސަރުކާރާއި މުއައްސަސާތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފަ އެވެ.

ޙައްޖުގެ މަތިވެރި އަޅުކަން ކާމިޔާބުކަމާއެކު ނިމިފައިވާ ކަން އިޢުލާނުކުރައްވަމުން އަމީރު ސުޢޫދު ވިދާޅުވީ، 1.7 މިލިޔަނަށްވުރެ ގިނަ ޙައްޖުވެރިން ބައިވެރިވި މި އަހަރުގެ ޙައްޖުގެ އަޅުކަން ކާމިޔާބުވީ، ސަލާމަތީ، އިންތިޒާމީ އަދި ޚިދުމަތްތަކުގެ ފުރިހަމަ ނިޒާމެއްގެ އެހީތެރިކަމާއެކު، ޙައްޖުވެރިންނަށް ފަސޭހަކަމާއި ހިތްހަމަޖެހުމާއެކު އަޅުކަން ފުރިހަމަކުރުމުގެ މަގު ތަނަވަސްކޮށްދެވިގެން ކަމުގައެވެ.

ޙައްޖުގެ މައިގަނޑު ރުކުންތައް ކަމުގައިވާ ޢަރަފާތު ބިމުގައި މަޑުކުރުމާއި، މުޛްދަލިފާގައި ރޭކުރުމާއި، އަދި މިނާގައި ޖަމްރާތަކަށް ހިލައުކުމުގެ ރުކުންތައް ކާމިޔާބުކަމާއެކު ފުރިހަމަކުރެވުމާ ގުޅިގެންނެވެ.

މިއަހަރު ރާއްޖެއިން ޖުމްލަ 1،019 މީހުން ހައްޖުގެ އަޅުކަމުގައި ބައިވެރިވެއެވެ.