ކަރަންޓުގެ ޚިދުމަތް ރަނގަޅުކުރުމަށް ފެނަކައިން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން 8 ރަށަކަށް 400 ކިލޯވޯޓުގެ ޖެންސެޓް ފޮނުވާފައިވާކަމަށް ފެންކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކައިން ބުނީ އެ ރަށްތަކަށް ފޮނުވާފައިވާ ޖެންސެޓަކީ ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ދިނުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު މަސައްކަތެއް ކަމަށެވެ.

އެގޮތުން މިހާ ތަނަށް 400 ކިލޯވޯޓުގެ ޖެންސެޓް ގެންގޮސްފައިވާ ރަށްތައް

  • ށ. ޅައިމަގު

  • ށ. ފޭދޫ
  • ހއ. އުލިގަމު
  • ހދ. ނާވައިދޫ
  • ށ. ގޮއިދޫ
  • ރ. ރަސްގެތީމު
  • ރ. އިންނަމާދޫ
  • ފ. މަގޫދޫ

ފެނަކައިން ބުނީ މިޖެންސެޓްތައް މިހާރު އެރަށްރަށަށް ބާލާފައިވާކަމަށެވެ. ކަރަންޓުގެ މައްސަލައަކީ، އަތޮޅުތެރޭގެ ބައެއް ރަށްތަކަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ. މިގޮތުން މި މައްސަލަ ޙައްލު ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މީގެއިތުރުން ރަށްތަކުގައި ކަރަންޓުގެ ކެޕޭސިޓީ އިތުރު ކުރުމަށް ސަރުކާރުން ދަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.