އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް، (އައިޔޫއެމް) އިން އެ ޔުނިވަރސިޓީގެ 2 ވަނަ ޓާމުގެ ކޯސްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިޓާމުގައި އައިޔޫއެމްއިން އެކިއެކި ދާއިރާތަކުން 67 ކޯހަކަށް ވަނުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
އައިޔޫއެމްއިން މިޓާމަށް ކޯސްތައް ހުޅުވާލާފައިވާ ދާއިރާތަކަކީ
ޤުރުއާނާއި ޚަދީޘް
- ޝަރީޢާއިން ލޯ
- ފިޤުހު
- އިސްލާމިކް ސްޓަޑީސް
- އިމާމްޝިޕް
- ލެންގުއޭޖް އެޑިއުކޭޝަން
- ފައިނޭންސް
- އެކައުންޓިން
- ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން
- މެނޭޖްމެންޓް
- ޖާނަލިޒަމް
އައިޔޫއެމްއިން ވަނީ ޕީއެޗްޑީ ލެވެލްގެ ކޯހަކަށާއި، މާސްޓާސް ލެވެލްގެ 15 ކޯހަކަށް ފުރުސަތު ހުޅުވާލާފައިވެއެވެ. އަދި މާސްޓާސްއިން ހުޅުވާލާފައިވާ ކޯސްތަކުގެ ތެރެއިން މާސްޓާރސް އިން ޓީޗިން ހަޔަރ އެޑިޔުކޭޝަންއާއި، މާސްޓާރސް އިން ރިސާރޗް ޕަބްލިކޭޝަންއަކީ ފާހަގަކޮށްލެވޭ ދެ ކޯހެކެވެ.
އައިޔޫއެމްއިން ހުޅުވާލާފައިވާ ކޯސްތަކުގެ ތެރޭގައި ޕޯސްޓް ޑިޕްލޮމާ ލެވެލްގެ 1 ކޯހާއި، ބެޗެލާސް ލެވެލްގެ 16 ކޯސް، އެސޯސިއޭޓް ޑިގްރީގެ 1 ކޯސް، ޑިޕްލޮމާ ލެވެލްގެ 11 ކޯސް އަދި ސެޓްފިކެޓް ލެވެލްގެ 22 ކޯސްވެސް ހިމެނެއެވެ.
އައިޔޫއެމްއިން ވިދާޅުވި މިކޯސްތަކަށް ކަނޑައެޅިފައިވާ ޝަރުތުތަކާއި އެޕްލިކޭޝަން ފޯމު އެ ޔުނިވާސިޓީގެ ޕޯޓަލް މެދުވެރިކޮށް ލިބޭނެކަމަށާއި މިކޯސްތަކާއި ބެހޭ އިތުރު މައުލޫމާތު އެ ޔުނިވާސިޓީގެ ހޮޓްލައިން ނަންބަރު 1405 އަދި ވަޓްސްއެޕްއާއި ވައިބާ މެދުވެރިކޮށް 7923247 އަށް މެސެޖުކޮށްގެން ލިބޭނެއެވެ.