ގެދޮރުވެރިކަމާބެހޭ ވުޒާރާގެ ކޯޑިނޭޓަރެއްގެ މަޤާމުގައި މަސައްކަތްކުރެއްވި ލ.ދަނބިދޫ، ނިރިލި، އަލްމަރްޙޫމް ޢަބްދުﷲ ޝަރީފް އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ޢަބްދުﷲ ޝަރީފް އަވަހާރަވުމާއި ގުޅިގެން ރައީސް މުޢިއްޒު ތައުޒިޔާ ފޮނުއްވާފައި ވަނީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް މުޢިއްޒުގެ ޕޯސްޓުގައި ޢަބްދުﷲ ޝަރީފަކީ، ލ.ދަނބިދޫ ކަތީބުކަމާއި ހިންގުމުގެ ދާއިރާގައި ވަޒީފާތައް އަދާކުރެއްވި ހީވާގި ޚިދުމަތްތެރިއެއްކަން ފާހަގަކުރައްވާފައިވެއެވެ.

ރައީސްގެ ޕޯސްޓު ނިންމަވާލެއްވީ، މަރުޙޫމަށް މާތްﷲގެ ތަނަވަސް ރަޙުމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކޮށްދެއްވުން އެދި ދުޢާ ދަންނަވަަމުންނެވެ.