މާފަންނު ކާނިމާގެ، 4ވަނަ ފަންގިފިލާގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް، މާލޭ ފަޔަރ ސްޓޭޝަނުން ނިއްވާލައިފިއެވެ.
އެމްއެންޑީއެފުން ބުނީ، މި ހާދިސާގެ ރިޕޯޓް މިއަދު 16:50 އެހާ ކަންހާ އިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ރިޕޯޓު ލިބުމާ އެކު، މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި ކަމަށެވެ.
މިގޮތުން، ރޯވި އަލިފާން 17:27 ހާއިރު ވަނީ ނިއްވާލެވިފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މި ހާދިސާގައި އަލިފާން ރޯވެފައި ވަނީ އެ ފަންގިފިލާގެ އެޕާޓްމަންޓެއްގައި އޮތް ގޮދަނޑިއެއްގައި ކަމަށާއި، މި ހާދިސާއާ ގުޅިގެން 4 މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދީފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.