އަޟްޙާ ޢީދުގެ އުފާ ފާހަގަކުރަމުންދާއިރު، ކުރީގައި އޮތް އެކުވެރިކަމާއި ބަދަހިކަން އަލުން އިޔާދަކުރުމަށްނައިބް ރައީސް ހުސައިން މުހައްމަދު ލަތީފު އެދިވަޑައިގެންފިއެވެ.

އަޟްހާ އީދުގެ ތަހުނިޔާ އަރިސްކުރަމުން އެކްސްގައި ކުރެްވި ޕޯސްޓެއްގައި ނައިބް ރައީސް ވިދާޅުވީ ހައްޖުގެ މަތިވެރި ދުވަހު ލިބޭ ފިލާވަޅުތަކުން ހެޔޮކަން ލިބިގަނެ، އަޟްހާ އީދުގައި އެކުވެރި، ބާރުވެރި ބަޔަކަށް ވުމަށެވެ.

އަދި އިއްޔެގެ އެކުވެރިކަމާއި ބަދަހިކަން އަލުން އިޔާދަ ކުރުމަށްވެސް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ. ހަމައެއާއެކު އެކަކު އަނެކަކަށް ހެޔޮ އެދި އިސްލާމީ މަތިވެރި ސަލާމުން އަމާންކަމާއެކު ސަލާމް ކުރުމަށްވެސް އެމަނިކުފާނު ވަނީ ނަސޭޙަތް ދެއްވާފައެވެ.