ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ފަސްޓްލޭޑީ ސާޖިދާ މުހައްމަދު އަޟްހާ އީދުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.
ފަސްޓްލޭޑީ ސާޖިދާ މުހައްމަދު އަޟްހާ އީދުގެ ތަހުނިޔާ ފޮނުއްވީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ. ފަސްޓްލޭޑީ ވަނީ އަޟްހާ އީދުގެ ތަހުނިޔާ އާއި މުބާރަކު ބާދީ އެންމެހާ އަޚުންނާ އުޚުތުންނަށް އަރިސްކުރައްވާފައެވެ.
އަދި މިދުވަހަކީ ލޯތްބާއި ކުލުން ފުރިގެންވާ ދުވަހެއްކަމުގައި ލެއްވުން އެދި އެކަމަނާ ވަނީ ދުއާ ކުރައްވައިފައެވެ. އަދި ބަރަކާާތްތެރި އަޟްޙާ ޢީދުގެ ތަހުނިޔާއާއި މުބާރަކުބާދީ އެންމެހާ އަޚުންނާއި އުޚުތުންނަށް އަރިސްކުރައްވާފައިވެއެވެ.