ކަރަންޓުގެ ޚިދުމަތް ރަނގަޅުކުރުމަށް ތިން ރަށަކަށް ފޮނުވި 400 ކިލޯވޯޓުގެ ޖެންސެޓް މިހާރުވަނީ އެރަށްތަކަށް ބާލާފައި ކަމަށް ފެންކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކައިން ބުނީ އެ ރަށްތަކަށް ފޮނުވާފައިވާ ޖެންސެޓަކީ ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ދިނުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު މަސައްކަތެއް ކަމަށެވެ.
އެގޮތުން ޖެންސެޓް ފޮނުވާފައިވަނީ ފ. މަގޫދޫއާއި، ރ. ރަސްގެތީމުގެ އިތުރުން ރ. އިންނަމާދޫއަށެވެ.
ކަރަންޓުގެ މައްސަލައަކީ، އަތޮޅުތެރޭގެ ބައެއް ރަށްތަކަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ. މިގޮތުން މި މައްސަލަ ޙައްލު ކުރުމަށް ސަރުކާރުންވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެހެންކަމުން ރަށްތަކުގައި ކަރަންޓުގެ ކެޕޭސިޓީ އިތުރު ކުރުމަށް ސަރުކާރުން ދަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.