އާރްޓީއެލް ފެރީގައި އުފުލޭނީ 1 ޗެކް-އިން ކުރާ ދާގިނާ އާއި 1 އަތުން ގެންދާ ދާގިނާ އެއް ކަމަށް އާރްޓީއެލްއިން ބުނެފިއެވެ.

އާރްޓީއެލްއިން ބުނީ އަތުން ގެންދެވޭ ދާގީނާގެ ހިމެނޭނީ އަތްދަބަސް، ލެޕްޓޮޕް ދަބަސް، ކުޑަ ލަގެޖުފަދަ ފަސޭހައިން ގޮނޑީގެ ދަށުގައި ބެހެއްޓޭފަދަ ތަކެއްޗެވެ.

ޗެކް-އިން ކުރެވޭ ދާގީނާގެ ގޮތުގައި ހިމެނޭނީ ބޮޑު ލަގެޖް އަދި ދަބަސް، ކަރުދާސް ފޮށިގަނޑު އަދި ބަންދުކޮށްފައި ހުންނަ އެހެން ތަކެތިކަމަށް އާރްޓީއެލްއިން ވަނީ ބުނެފައެވެ.

އާރްޓީއެލްއިން ބުނީ ޗެކް-އިން ކުރާ ދާގީނާ ހުންނަންވާނީ އެއިގެން އެއްވެސް އެއްޗެއް ބޭރުނުވާގޮތަށާއި، ޗެކް-އިން ކޮށްފައިވާ އެހެނިހެން ދާގީނާތަކަށް ގެއްލުމެއްނުވާނެހެން ރަނގަޅަށް ބަންދުކޮށްފައެވެ.

މޭވާ އަދި ތަރުކާރީފަދަ އަވަހަށް ހަލާކުވާ ޒާތުގެ ތަކެތި ހުންނަންވާނީ ރަނގަޅަށް ބަންދުކޮށްފަ އާރްޓީއެލްއިން ބުނެއެވެ.

ޗެކް-އިން ކުރާ ދާގިނާ 20 ކިލޯއަށްވުރެ ބަރުވެގެން ނުވާނެކަމަށާއި ޗެކް-އިން ކުރާ ދާގިނާގެ އުސްމިން ނުވަތަ ފުޅާމިން 24 އިންޗިއަށްވުރެ ބޮޑުވެގެން ނުވާނެ ކަމަށް އާރްޓީއެލްއިން ވަނީ ބުނެފައެވެ.