މިދައުރުގެ ތެރޭގައި މިހާތަނަށް 1100 އަށް ވުރެ ގިނަ ހެކްޓަރުގެ ބިން ވަނީ ހިއްކާފަ ކަމަށް ރައީސުލްޖުމަހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއިން ކުރިއަށް ގެންދާ "ނޭޝަން ޗެޓް: ރައީސުލްޖުމްހޫރިއްޔާއާއެކު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެއީ 21 ރަށުގެ މަސައްކަތް ކަމަށެވެ. އަދި އޭގެ ބޮޑު ބަޔަކީ ރަސްމާލެ ކަމަށާއި ރަސްމާލެއިން އެކަނި ވެސް 500 ހެކްޓަރު ހިއްކިއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ.

ބިން ހިއްކަނީ އުމްރާނީ ތަރައްގީގެ ފުރުސަތުތައް ނެތި، ބޯހިޔާވަހިކަމުގެ ފުރުސަތު ނެތީމަކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން މި މަޝްރޫއު ހަރަދު ބޮޑުވި ނަމަވެސް ދެމެހެއްޓެނިވި ނަޒަރިއްޔާ އަކުން ބަލާ ނަމަ މިއީ ވަރަށް މުހިންމު މަޝްރޫއެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑުމެން ބޭނުން ވަނީ އާރބަން ޑިވެލޮޕްމެންޓް މު ފަރުމާ މިކުރަނީ ސަރަހައްދީ ތަރައްގީއެއްގެ ގޮތުގައި.

ރައީސުލްޖުމަހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ އެއާޕޯޓު ހަދާ ތަންތަނުގެ ސަބަބުން ޕޮޕިޔުލޭޝަން ކޮންސޮލިޑޭޝަންއަށް ވެސް އޭގެ ފައިދާ ކުރާނެ ރަށްތަކެއް ކަމަށެވެ. އަދި އޭގެ ތެރެއިން ބިންކިއްކުމުގެ އިތުރުން ބަންދަރު ހެދުން ވެސް އަދި ފެނާއި ނަރުދަމާގެ މަޝްރޫއަތަކުގެ ގިނަ މަޝްރޫއުތަކެއް ގެންދެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މިދިޔަ 2 އަހަރާއި ބައިގެ ތެރޭގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތަށް ވެސް ބޭރުގެ ފައިސާ ދެއްކުމާއި އަދި 2024ގައި ބަޖެޓަށް ދިމާވި މައްސަލައާއި އެކުގަ ވެސް ނަތީޖާ ރަގަޅު ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.