ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަލްފާޟިލް އަޙްމަދު މަޚްލޫފް އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ޖަޕާނުގެ އެމްޕެރަރ، ހިޒް މެޖެސްޓީ އެމްޕެރަރ ނަރުހިޓޯ އަށް މިއަދު ހެނދުނު އަރުވައިފިއެވެ.

ސަފީރުކަމުގެ ފަތްކޮޅު އަރުވާފައިވަނީ ޓޯކިޔޯގެ އިމްޕީރިއަލް ޕެލަސްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ. އަދި މި ރަސްމިއްޔާތުގައި ހިސް މެޖެސްޓީ އެމްޕެރަރ ނަރުހީޓޯ ވަނީ ސަފީރު މަޚްލޫފަށް މަރުޙަބާ ވިދާޅުވެ ކާމިޔާބަށް އެދިވަޑައިގެންފައެވެ.

އަދި މިރަސްމިއްޔާތުގައި ސަޕީރު މަޚްލޫފްވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ތަހުނިޔާ އާއި ހެޔޮ އެދުންތައް އަރިސްކުރައްވާ ދިވެހރާއްޖެ އާއި ޖަޕާނާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން އެ މަނިކުފާނު ވަނީ ދެއްވަފައެވެ.

ދިވެހިރާއްޖެ އާއި ޖަޕާނާ ދެމެދު ސިޔާސާ ގުޅުން ޤާއިމްކުރެވުނީ 14 ނޮވެމްބަރު 1967 ގައެވެ. މިގޮތުން މިއަންނަ އަހަރަކީ ދެ ޤައުމު ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނުތާ 60 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރާނެ އަހަރެވެ.

މިއަދުގެ ރަސްމިއްޔާތުގައި، ސަފީރު މަޚްލޫފުގެ އަރިހުގައި ސަފީރުގެ ނާއިބު، އަލްފާޟިލް އަޙްމަދު ޢާދިލް، އަދި ސެކަންޑް ސެކްރެޓަރީ އަލްފާޟިލާ ހައްވާ ސަމްހާ، އަލްފާޟިލާ އާމިނަތު ރަޒިއްޔާ އަދި އަލްފާޟިލް އަޝްރަފް ޢަލީ ބައިވެރިވެވަޑައިގެންނެވިއެވެ.