15 ރަށެއްގެ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީ ޢިމާރާތުގެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދުމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން އިޢުލާންކޮށްފިއެވެ.

އަތޮޅުތަކުގެ ރަށްރަށުގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން މިއަހަރުގެ މިހާތަނަށް 18 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުކޮށްފައިވެއެވެ.

15 ރަށެއްގައި ލެބޯޓަރީ ތަރައްޤީކޮށްދޭނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފައިވާއިރު މިއަހަރުތެރޭ ލެބޯޓަރީގެ ޚިދުމަތް ޤާއިމްކުރެވިފައި ނެތް 76 ރަށުގައި އެޚިދުމަތް ޤާއިމްކުރުމަށް ޞިއްޙީ ވުޒާރާއިން އަންނަނީ މަސައްކަތްކުރަމުންނެވެ.

ލެބޯޓަރީ އިމާރާތް ތަރައްޤީކުރަން ހުޅުވާލި ރަށްތައް:

  • ށ. ގޮއިދޫ

  • ހއ. މުރައިދޫ
  • ހދ. ކުމުންދޫ
  • ހދ. ނައިވާދޫ
  • ތ. އޮމަދޫ
  • ތ. ގާދިއްފުށި
  • އދ. ދިއްދޫ
  • މ. ރަތްމަންދޫ
  • ލ. މުންޑޫ
  • ލ. ކުނަހަންދޫ
  • ރ. ފައިނު
  • ނ. ކުޑަފަރި
  • ނ. ފޮއްދޫ
  • ބ. ކުޑަރިކިލު
  • ބ. ދޮންފަނު

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 މޭ 2026 ވާ އާދިއްތަ ދުވަހުން ފެށިގެން 8 ޖޫން 2026 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން tender@health.gov.mv އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރުމުގެ ފުރުޞަތު ޞިއްޙީ ވުޒާރާއިން ވަނީ ހުޅުވާލާފައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ 10 ޖޫން 2026 ވާ ބުދަ ދުވަހު ހެނދުނު 11:00 ގެ ކުރިން tender@health.gov.mv އަށް މެއިލްކުރުމަށް ޞިއްޙީ ވުޒާރާއިން ވަނީ އެދިފައެވެ.