ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސް ސިންގަޕޫރަށް ފުރާވަޑައިގަތީ، ރޭގެ ވަގުތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ބައެއް ނުރަސްމީ ދަތުރުފުޅުތަކުގައި، އެމަނިކުފާނު ކުރައްވާ އިދާރީ މަސައްކަތްޕުޅުތަކުގެ ހަރަދާއި، އާއިލާއާއި އަމިއްލަފުޅު ކަންކަންވެސް ހިމެނޭގޮތުން، މުޅި ދަތުރުފުޅުގެ ހުރިހާ ހަރަދެއްވެސް ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށެވެ.

މިއީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް ސިންގަޕޫރަށް ކުރައްވާ ފަސްވަނަ ދަތުރުފުޅެވެ. އަދި، ނުރަސްމީ ހަތަރުވަނަ ދަތުރުފުޅު ވެސް މެއެވެ.

ވެރިކަމަށް ވަޑައިގެންފަހުން އެމަނިކުފާނު އެންމެ ގިނައިން ދަތުރުފުޅު ކުރައްވާފައި ވަނީ ވެސް ސިންގަޕޫރަށެވެ.