އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި ވޯޓަރސް ލިސްޓް ހުށަހެޅުމާއި ރީ-ރަޖިސްޓްރޭޝަން އާއި ގުޅިގެން ޝަކުވާ ހުށައެޅުމުގެ ފުރުޞަތު އެޕާޓީން ހުޅުވާލައިފިއެވެ.

އެކަމާއި ގުޅިގެން އެމްޑީޕީން ކުރި އިއުލާނެއްގައި ބުނީ ވޯޓަރސް ލިސްޓަށް ހުށަހެޅުނު ޝަކުވާ އާއި ރީ-ރަޖިސްޓްރޭޝަން އާއި ގުޅިގެން ގެނެވުނު ބަދަލުތަކަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު، 27 މެއި 2026 ވާ ބުދަ ދުވަހުގެ 14:00 އާއި ހަމައަށް ހުށަހެޅޭޏެ ކަމަށެވެ.

އަދި ކުރިން ހުށައަޅާފައިނުވާ އާ ޝަކުވާ މިފުރުޞަތުގައި ބަލައިނުގަންނާނެ ވާހަކަ އެމްޑީޕީއިން ވަނީ ބުނެފައެވެ.

އަދި ތިރީގައިވާ ގޫގުލް ފޯމް މެދުވެރިކޮށް ވޯޓަރސް ލިސްޓަށް ހުށަހެޅުނު ޝަކުވާ އާއި ރީ-ރަޖިސްޓްރޭޝަން އާއި ގުޅިގެން ގެނެވުނު ބަދަލުތަކަށް ޝަކުވާ ހުށަހެޅުމަށް އެމްޑީޕީއިން ވަނީ އެދިފައެވެ.

https://forms.gle/wGGFhDvnN7avj9zp8