ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޗައިނާގެ ޝާންޝީ ޕްރޮވިންސްގެ ލިއުޝެންޔޫ ކޯލް މައިންގައި ހިނގި ގޭސް އެކްސްޕްލޯޝަންގެ ހާދިސާއާ ގުޅިގެން، ޗައިނާގެ ރައީސް ޝީ ޖިންޕިންގަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސްގެ މެސެޖުގައި މި ހާދިސާގައި އެތައް ބަޔަކު މަރުވެ، އަދި ގިނަ ބަޔަކަށް އަނިޔާ ލިބިފައިވާތީ އެކަމާ ހިތާމަ ކުރައްވާކަމުގައި ބަޔާން ކުރައްވާފައި ވެއެވެ.

އަދި މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާ ތަކަށާއި، ޗައިނާ ސަރުކާރަށާ ރައްޔިތުންނަށް، ދިވެހި ސަރުކާރާ ރައްޔިތުންގެ ނަމުގައި ރައީސް މުޢިއްޒު ވަނީ އިޚްލާސްތެރިކަމާއެކު، ތަޢުޒިޔާ ފޮނުއްވާފައެވެ.

ރައީސްގެ މެސުޖުގައި، ހިތާމައިގެ މި ދަނޑިވަޅުގައި ރާއްޖެ ޗައިނާއާއި އެކުގައި ވާކަން ފާހަގަކުރައްވައި، މި ހާދިސާގައި ގެއްލުން ލިބުނު ހުރިހާ ފަރާތްތަކަށް، ކެތްތެރިކަމާ ސާބިތުކަން ދެއްވުމަށް އެދިވަޑައިގެންފައި ވެއެވެ.

މީގެ އިތުރުން މީހުން ސަލާމަތްކުރުމަށް ކުރެވެމުންދާ މަސައްކަތަށް ކާމިޔާބު ލިބުމަށް ރައީސް މުޢިއްޒު އެދިވަޑައިގެންފައި ވެއެވެ.