ސިޔާސީ ކަންކަމުގައި ކުޑަކުދިން ބައިވެރި ނުކުރުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ސޯޝަލް މީޑިއާގއި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މައިދާނަކީ މި ދުނިޔޭގައިވެސް ނެތްހާ ފިތުނަވެރި ތަނެއް ކަމަށާއި، ރާއްޖެއަކީ އާބާދީ ކުޑަ ގައުމަކަށް ވުމުން މި ދުނިޔޭގެ އެއްވެސް ގައުމެއްގައި މުޖުތަމައުއަށް ނުކުރާ ގެއްލުން ކުރުވާ މާހައުލެއް ކަމަށެވެ.
އެހެން ކަމުން މިފަދަ މާހައުލެއްގައި ސިޔާސީ ކަންކަމުގައި ތުއްތު ކުދިން ބައިވެރި ނުކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، އާދަ ކާދައިގެ ދަށުން ކުޑަކުދިން ބައިވެރިވާ މާހައުލެއް ނަމަ ބަސްމަގާއި ދައްކާ ވާހަކަތަކަށް އެއީ އެ ކުދިންނަށް ނަފްސާނީ ގޮތުން ނޭދެވޭ އަސަރު ނުކުރާ ފަދަ ވާހަކަ ތަކަކަށް ވާން ޖެހޭނެ ކަމަށެވެ.
އެގޮތުން އެކަން ކަމަށް ސަމާލު ވުމަށް އެންމެހާ ސިޔާސީ ފަރާތްތަކަށް ވަޒީރު ވަނީ ގޮވާލައްވާފައެވެ.