އީދު ދުވަހު ވެސް ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މީޑިއާއަކަށް މައުލޫމާތުދެމުން މެޓުން ބުނީ އީދު ދުވަސް ނުވަތަ އަންނަ ބުދަ ދުވަހު މެދުރާއްޖެ ތެރެއާއި އުތުރަށް ވާރޭ ވެހުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި ދެކުނަށް ކުޑަކޮށް މޫސުން ރީތިވާނެ ކަމަށެވެ.
މީގެ އިތުރުން މެޓުން ވަނީ ހުރިހާ ސަރަހައްދެއްގެ ކަނޑުތައް އާދައިގެ ވަރަކަށް އެ ދުވަހު ގަދަވާނެ ކަމަށާއި މިހާރަށް ވުރެ މެދުރާއްޖެ ތެރެއާއި އުތުރަށް ވައި ބާރު ވުމުގެ ފުރުސަތު އެބަ އޮތް ކަމަށް ލަފާކޮށްފައެވެ.
މިއަދަކީ މި ވިއްސާރައިގައި ލިބުނު ކުޑަ "ބްރޭކެއް" ކަމަށް މިއަދުގެ މޫސުމަށް އިޝާރަތްކޮށް މެޓުން ވަނީ ބުނެފައެވެ. އެގޮތުން، މިއަދުން ފެށިގެން ވައި ބާރުވެ، ހުކުރު ދުވަހާ ހަމައަށް ވިއްސާރަ ކުރާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
އީދަށް ހަފުތާއެއްގެ ބަންދެއް ލިބިފައެއިވުމުން ގިނަ ބަޔަކު މި ދުވަސްވަރަށް ދަތުރުކުރާނެއެވެ. އެހެން ކަމުން އީދަށް ވިއްސާރަ ކުރާނެ ކަމަށް މެޓުން ބުނިއިރު، މި ދުވަސްވަރު ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުން މުހިންމެވެ. ހާއްސަކޮށް، ދަތުރުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައި، ސަލާމަތީ ފިޔަވަޅުތައް އަޅަން ކަމާ ބެހޭ އިދާރާތަކުން އަބަދުވެސް އިލްތިމާސްކުރެއެވެ.
އީދަށް ހަފުތާއެއްގެ ބަންދެއް ލިބިފައެއިވުމުން ގިނަ ބަޔަކު މި ދުވަސްވަރަށް ދަތުރުކުރާނެއެވެ.