ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ އަޕްގްރޭޑިންގ މަސައްކަތް، މާލެއާއި ހުޅުމާލޭގެ އެއްވެސް ސަރަހައްދަކުން ކަރަންޓު ކަނޑާނުލާ މިއަދަށް ނިންމާލާފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

މިއަދު 3:00 އިން ފެށިގެން ހެނދުނު 8:00 އަކަށް އިންޖީނުގެ ނިއްވާލި ނަމަވެސް މާލެއާއި ހުޅުމާލެއަށް ކަރަންޓު ދިނުމުގެ މަސައްކަތް ކޮށްފައިވަނީ ހުޅުމާލޭގައި ހުރި ހައިސްޕީޑް އިންޖީނުތަކުންނެވެ.

ސްޓެލްކޯއިން ވަނީ ރޭ 3:00 އިން ފެށިގެން ހެނދުނު 8:00 އާ ހަމައަށް ވަރުބަލިކަމެއް ނެތި މި މަސައްކަތުގައި ހީވާގި ކަމާއެކު ހަރަކާތްތެރިވި ސްޓެލްކޯ ކުންފުނީގެ މުވައްޒަފުންނަށާއި ވަރޓްސިލާގެ އިންޖީނިއަރުންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފަ އެވެ.

މި އަޕްގްރޭޑިންގ މަސައްކަތުގެ ފުރަތަމަ މަރުހަލާ މިއަދު ނިންމާލެވިފައިވާ ކަމަށާއި ބާކީ ހުރި މަސައްކަތްތައް ކުރިއަށް ގެންދާނެ ތާރީޚެއް ކަނޑައެޅުމަށްފަހު ދުރާލާ އެކަން އަންގާނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.