އައްޑޫ ރީޖަނަލް ފްރީ ޒޯނުން ޖާގައަށް އެދި ހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) އިން ހުޅުވާލާފައިފިއެވެ.

މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވިފަދައިން އައްޑޫ ޕޯޓްގައި ފްރީ ޒޯންއެއް ގާއިމްކޮށް މި ވަނީ ހިދުމަތް ދޭން ތައްޔާރުވެފައެވެ. މިއީ ރާއްޖޭގެ އިގްތިސާދު ސިންތަފާތުކޮށް އުފެއްދުންތެރިކަން އިތުރު ކުރުމަށް ސަރުކާރުން ގެންގުޅުއްވާ އެއްސިޔާސަތެއް ކަމަށް އިގްތިސާދީ ވުޒާރާއިން ވަނީ ބުނެފައެވެ.

އައްޑޫ ރީޖަނަލް ފްރީ ޒޯނަކީ ދެކުނުގެ ވިޔަފާރީގެ މައި ހަބެއެވެ. ބަލްކުކޮށް ގެންނަ މުދާ ރީޕެކޭޖްކުރުން އަދި މަހުގެ އުފެއްދުންތައް އެކްސްޕޯޓް ކުރުމުގެ އިތުރުން ވިޔަފާރީގެ އެކި ބާވަތްތައް އިންވެސްޓްމެންޓްތަކަށް އައްޑޫ ރީޖަނަލް ފްރީ ޒޯނުން ވެގެން ދާނީ ފަހި ފުރުސަތަކަށެވެ.

މީގެ އިތުރުން ބޮންޑެޑް ސްޓޯރޭޖްއާއި ރީ އެކްސްޕޯޓް ކުރުމުގެ ޒަމާނީ ހިދުމަތް ވެސް ލިބޭނެ އައްޑޫ ރީޖަނަލް ފްރީ ޒޯނުން ލިބިގެން ދާނެއެވެ.

1.7 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ކަނޑައަޅާ ސަރުކާރުގެ އަމާޒަކީ މި މަސައްކަތް ފުޅާ ކުރުމެވެ. އަދި ޑިމާންޑްއާއި އެއް ވަރަށް މި ސަރަހައްދު ބޮޑު ކުރަން ރާވާފައިވާ ކަމަށް ވެސް އިގްތިސާދީ ވުޒާރާއިން ވަނީ ބުނެފައެވެ.

މި ނިޒާމު އެމްޕީއެލް، ކަސްޓަމްސް އަދި އިގްތިސާދީ ވުޒާރާއާއި ގުޅިގެން ހަރުދަނާކޮށް ބަލަހައްޓާނެ ކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

އައްޑޫ ސިޓީ ހިތަދޫ ބަނދަރުގެ ހިދުމަތް ފެށިތާ 20 އަހަރު ވެގެން ދިޔައިރު މި ބަނދަރުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތަކަށް ހިފިފައެއް ނުވެއެވެ.

އައްޑޫ ރީޖަނަލް ފްރީ ޒޯނުން ޖާގަ ހޯދުމަށް ތިރީގައިވާ ލިންކު މެދުވެރިކޮށް އެކްސްޕެޝަން އޮފް :https://forms.port.mv/arfz