ވ. އަތޮޅު އަލިމަތާ ކައިރީގައި އޮންނަ ކަނޑު ހޮހަޅައެއްގެ ތެރޭގައި ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ އިޓަލީވިލާތުގެ ހަތަރު ޑައިވަރުންގެ ހަށިގަނޑު މިރޭ ފަތިހު އެ ގައުމަށް ފޮނުވާލުމަށް ނިންމައިފިއެވެ.
މި މަހުގެ 14 ވަނަ ދުވަހު ހިނގި އެ ހާދިސާގައި ޑައިވިނަށްގޮސް އުޅެނިކޮށް މަރުވެފައި ވަނީ އިޓަލީއަށް ނިސްބަތްވާ 5 ފަތުރުވެރިންނެވެ.
މި މީހުންގެ ތެރެއިން 2 މީހެއްގެ ހަށިގަނޑު ކަނޑުގެ އަޑިން ނެގީ، މިމަހުގެ 19 ވަނަ ދުވަހުއެވެ. އަދި ބާކީ ތިބި ދެ މީހުންގެ ހަށިގަނޑު ނަގާފައިވަނީ، މިމަހުގެ 20 ވަނަ ދުވަހުގައެވެ.
އިޓަލީ ސަރުކާރުން އިން ފޮނުވި ފިންލެންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުން ދިވެހި ސިފައިންނާއި ފުލުހުންނާ ގުޅިގެން ކުރި މަސައްކަތުން މިހާރު ވަނީ ގެއްލުނު ޑައިވަރުންގެ ހަށިގަނޑުތައް ކަނޑުއަޑިން ނަގާފައެވެ.
އެ މީހުން ހޯދަން އުޅުމުގެ ތެރޭގައި ދިވެހި ސިފައިންގެ ޑައިވަރަކު ވެސް ވަނީ ނިޔާވެފައެވެ.
މި މީހުންގެ ތެރެއިން 2 މީހެއްގެ ހަށިގަނޑު ކަނޑުގެ އަޑިން ނެގީ، މިމަހުގެ 19 ވަނަ ދުވަހުއެވެ. އަދި ބާކީ ތިބި ދެ މީހުންގެ ހަށިގަނޑު ނަގާފައިވަނީ، މިމަހުގެ 20 ވަނަ ދުވަހުގައެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވީ، އެ 4 މީހުންގެ ހަށިގަނޑުވެސް މިރޭ ފަތިހު އިޓަލީވިލާތަށް ފޮނުވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެގައުމުގައި ޕޯސްޓްމޯޓަމް ހެދުމަށްފަހު، އޭގެ ރިޕޯޓް ރާއްޖޭގެ ތަހްގީގު ޓީމާއި ހިއްސާކުރާ ގޮތަށް ނިންމާފައިވާ ކަމަށް ވެސް މުންދު ވިދާޅުވިއެވެ.
އިޓަލީ ޑައިވަރުންގެ ހަށިގަނޑުތައް ނެގުމަށް ހިންގި ބައިނަލްއަގުވާމީ އޮޕަރޭޝަންގެ ކަނޑު އަޑީގެ މަސައްކަތް، ހަތަރު ދުވަހަށް ފަހު ޑޭން ޔޫރަޕުން ރޭ ނެރުނު ބަޔާނެއްގައި ބުނީ އިއްޔެ ކުރި ފަހު ފީނުމުގެ ބޭނުމަކީ ހޮހޮޅައިގެ ތެރޭގައި ހަރުކޮށްފައި ހުރި ގައިޑް ލައިންތަކާއި، އޮޕަރޭޝަނުގައި ބޭނުންކުރި ސާމާނު ނަގައި، ހޮހޮޅައިގެ ތެރެ ކުރިން އޮތް ހާލަތަށް ރުޖޫއަކުރުމުގެ މަސައްކަތް ކުރުން ކަމަށެވެ.
މި އޮޕަރޭޝަނުގައި ބޭނުންކުރި ސާމާނު މޫދު އަޑިން ނަގައި، ތަހުގީގަށް ބޭނުންވެދާނެ ހެކި ދިވެހި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ޑައިވަރުންގެ ހަށިތައް ނެގުމުގެ މަސައްކަތް ކުރި ޑޭން ޔޫރަޕުން ވަނީ ބުނެފައެވެ.
މި ހާދިސާއާ ގުޅިގެން އިޓަލީ ސަރުކާރާއި ދިވެހި ސަރުކާރުން ވެސް އަންނަނީ އެ ހާދިސާގެ ތަހުގީގެއް ހިންގަމުންނެވެ.