ޙައްޖަކީ އިންސާނާގެ ދުންޔަވީ ޙަޔާތުގެ ކުޑަކުޑަ ދަތުރެއް ކަމަށް މިއަދުގެ ހުކުރު ޙުތުބާގައި ބުނެފިއެވެ.
ހުކުރު ޙުތުބާގައި ޙައްޖުގެ އަޅުކަމުން ލިބޭ ފިލާވަޅުތަކަށް އަލިއަޅުވާލާފައިވާއިރު ޚުތުބާގައި ބުނީ ޙައްޖުވެރިޔާ އިޙުރާމް ބަންނަ ހިނދުން ފެށިގެން ޙައްޖުގެ މަނާސިކުތައް ނިމޭންދެން ކުރިއަށްދާ ގޮތަށް، އިންސާނާ އޭނާގެ ޙަޔާތުގައި ދުނިޔަވީ ދުވަސްތައް ވޭތިކުރަމުންދާ ކަމަށެވެ.
ޙުތުބާގައި ބުނީ ﷲ މި ޙަޔާތާ މެދު ހެއްލުންތެރި ނުވުމަށް އާދަމުގެ ދަރިޔާއަށް އިންޒާރުކުރައްވައިފައި ވާ ކަމަށެވެ. އަދި ވަގުތީ އުފަލަކީ ފިލައި ދަނިވި އުފަލެއް ކަމަށާޢީ، ދެމިހުންނަނިވި އުފަލަކީ އާޚިރަތުގެ އުފާ ކަމަށް ޙުތުބާގައި ބުނެފައިވެއެވެ.
އެހެންކަމުން އާޚިރަތުގެ އުފާ ހޯދުމަށް ގަދައަޅައި މަސައްކަތްކުރުމަށް ހުތުބާގައި ވަނީ އިލްތިމާސް ކޮށްފައެވެ.
ޙައްޖަކީ ގުނައި ޢަދަދުކުރެވޭ މަދު ދުވަސްކޮޅެއްގައި ކުރެވޭ އަޅުކައް ކަމަށްވެސް ޙުތުބާގައި ބުނެފައިވެއެވެ.
ހުކުރު ޙުތުބާގައި ބުނީ ޙައްޖަށްދިއުމުގެ ނަޞީބު މި ފަހަރު ނުލިބުނު ކަމުގައި ވީ ނަމަވެސް، ޙައްޖުވެރީން ފަދައިން އަޅުކަންކުރުމުގައި ފަރުވާތެރިވެ ހީވާގިވެ އަދާކުރާން ޖެހޭ ވާޖިބު އަޅުކަން އަދާކުރަން ޖެހޭ ކަމަށެވެ.
ހުކުރު ޙުތުބާގައި އިތުރަށް ބުނީ ޙައްޖަކީ އެހެނިހެން އަޅުކަންތަކާ ޚިލާފަށް ވަރަށް ބުރަ އަޅުކަމެއް ކަމަށެވެ. އެހެންވުމުން އުރެދުންތަކަށް އަރައިނުގަނެ، ކެތްތެރިވެ، ދޫރައްކާތެރިކޮށް، މަޑުމައިތިރިވެ ޝަހުވާނީ އެދުންތަކުން ދުރުހެލިވެ ޙައްޖުގެ މަނާސިކުތައް އަދާކުރުމަށް ޙުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.