ގަލްފް ސަރަޙައްދުން އަންނަަ ފުލައިޓުގެ އަދަދު އަންނަނީ އިތުރުވަމުން ކަމަށް މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭ ވަޒީރު މުހައްމަދު އަމީނު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، ހަނގުރާމައާ ގުޅިގެން ސިޔާސަތު އެކަށައަޅައި ތަންފީޒުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެކުލަވައިލެއްވި ވަޒީރުންގެ ކޮމިޓީން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ، ފުރަތަ ބހަނގުރާމަ ފެށިގެން ދިޔައިރު ހަފްތާއެއްގެ ތެރެއަށް ބަލާލާއިރު 99 ވަރަކަށް މަތިންދާ ބޯޓު ކެންސަލް ވެގެން ދިޔަ ކަމަށެވެ. އެހެން ނަމަވެސް މިހާރު 70 ކޮންމެވެސް ވަރަކަށްކަށް ބަދަލު ކުރެވުނީމަ އެއީ ގާތް ގަނޑަކަށް 22 އިންސައިތައިގެ ކުރިއެރުމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން ވަޒީރު ވިދާޅުވީ، މަތިންދާ ބޮތުތަށް ކެންސަލް ވި ނަމަވެސް މި އަހަރުގެ މޭ މަހު ފަތުރުވެރިން އައި ނިސްބަތް ކުރީ އަހަރުގެ މޭ މަހާ އަޅާބަލާއިރު ހުރީ 8.9 އިންސައްތައިގަ ކަމަށެވެ.

"އެހެންވީމާ މިދަންނަވާ ވާހަކައަކީ އަޅުގަނޑުމެންނަށް އިމްޕެކްޓުކުރި އަދަދު އެންމެންގެ މަސައްކަތުން މިހާރު 17 ވަރަކަށް ޕަސެންޓް މައްޗަށް ޖެހިއްޖެޔޭ"

މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭ ވަޒީރު މުހައްމަދު އަމީނު

ވަޒީރު އިތުރަށް ވިދާޅުވީ އެގޮތުން މިހާރު އެމިރެޓްސްއާއި، ގަތަރު އެއާވޭސް ގެ އިތުރުން 5 އެއާ ލައިން ވެސް މިހާރު ރާއްޖެ އަށް ދަތުރުތަށް ފަށާފައިވާ ކަމަށެވެ.