ޑައިފޯމިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު 25 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ކޯޓުން މި ހުކުމް ކޮށްފައިވަނީ ނ. މިލަދޫ / އަލަމާގެ، އުމުރުން 43 އަހަރުގެ އަޙްމަދު ޢަބްދުލްހާދީގެ މައްޗަށެވެ. އޭނާ ޖަލަށްލުމުގެ އިތުުރުން 100،000 ރުފިޔާއިން ޖޫރިމަނާކުރުމަށްވެސް ކޯޓުން ހުކުމްކުރިއެވެ.
މި މައްސަލަ ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވަނީ 2022 ވަނަ އަހަރުގެ މާޗު މަހުގެ 4ވަނަ ދުވަހުއެވެ. މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ އެ އަހަރުގެ އެޕްރީލް 11 ވަނަ ދުވަހުއެވެ.