ސްމޯލް ސްކޭލެއްގައި ވިޔަސް އޯޓެކް ޓެކްނޮލޮޖީ ރާއްޖެއަށް ގެނެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުުވެއްޖެއެވެ.
މިއަދު ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ޢަލީ ޝަރީފް ވިދާޅުވީ ސޯލާ ޓެކްނޮލޮޖީ އަކަށް ވުރެ އޯޓެކްއަކީ އިންވެސްޓްމެންޓް ސައިޒަށް ބޮޑު ކަމެއް ކަމަށެވެ. އަދި އޯޓެކް ޓެކްނޮލޮޖީ ގެންނަ ކަމަށް ވަންޏާމު އެއަށް ވަރަށް ބޮޑު އިންވެސްޓް މެންޓެއް ކުރަން ޖެހޭން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އެކި ރިނިޔުވަބަލް ރިސޯސެސް މީގެން ކުރިން ވެސް ޓެސްޓުކޮށްފައިވާނެ ކަމަށާއި ސޯލާ ޓެކްނުލިޖީއަކީ ރާއްޖެއަށް އެންމެ ވަޔަބަލް ޓެކްނޮލޮޖީއަކަށް ވުމުން އެދާއިރާ ފުޅާ ދާއިރާގައި ކުރިއަށް ގެންދާ ކަމަށެވެ. އަދި ހަމަ އެއާއެއްކޮށް ފްލޯސިންޓް ސޯލާ ވެސް މިހާ ފުޅާ ދާއިރާ އެއްގައި ކުރިއަށް ގެންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީމި ވަގުތު ކޮމާޝަލް ބޭންކުގައި އެންމެ ފައްސޭހައިން އެވޭލަބަލް އެއްޗަކީ ސޯލާ ޓެކްނޮލޮޖީ ކަމަށާއި އޯޓެކްއަކީ ކޮމާޝަލް ބޭންކުގައި މިހާ ފުޅާ ދާއިރާއެއްގައި ދުނިޔޭގައިވެސް ކުރަމުންދާ ކަމެއް ނޫނެވެ.
އޯޓެކް ޓެކްނޮލޮޖީ ކޮމާޝަލް ބޭންކުގައި އެހާ ފުޅާކޮށް ކޮމާޝަލް ބޭންކުގައި ނުޖެހި ކުރެވުން އެދަނީ އެ ޓެކްނޮލޮޖީ ސޯލާ ޓެކްނޮލޮޖީހާ އެންމެ އެކަޝީގެންވާ ވަރަށް ފައްކާވެފައި ނެތުމުން ކަމަށް ވަޒީރު ވިދާޅުވިއެވެ.