ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސްގެ މަޤާމުން ޔަޒްމީދު މުޙައްމަދު އިސްތިއުފާ ދެއްވައިފިއެވެ.

އެ ކޮމިޝަނުގެ ނައިބު ރައީސްކަމަށް ޔަޒްމީދު އައްޔަންކުރީ، މިދިޔަ އޮކްޓޫބަރު 23، 2025 ގައެވެ. އެއީ އެ މަގާމުގައި ކުރިން ހުންނެވި، ހައި ކޯޓުގެ އެންމެ ދުވަސްވީ އެއް ފަނޑިޔާރު މުހައްމަދު ނިޔާޒު އިސްތިއުފާ ދެއްވުމުންނެވެ.

ޔަޒްމީދު އިސްތިއުފާ ދެއްވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ޖޭއެސްސީން ވަނީ އެ ކޮމިޝަނުގެ ނައިބު ރައީސް އަދި މެންބަރެއްގެ ހައިސިއްޔަތުން ކޮށްދެއްވި އަގުހުރި ޚިދުމަތްތަތކުގެ އަގުވަޒަންކޮށް ޝުކުރު އަދާކޮށްފައެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވަނީ 10 މެންބަރުންގެ މައްޗަށެވެ. މިވަގުތު އެ ކޮމިޝަނުގައި ތިއްބެވީ 9 މެންބަރުންނެވެ.