މާތިލާފުށިން މާލެއަށް ދަތުރު ކުރި ލޯންޗެއް އަޑިއަށް ދާ ކަމުގެ ރިޕޯތެއް ލިބުމާ ފުލުހުން ދަނީ ހަރަކާތްތެރިވަމުން ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މާތިލާފުށިން މާލެއަށް ދަތުރު ކުރި ލޯންޗެއް ފަޅައިގެން ގޮސްފައިވާ ކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި މެރިން ޕޮލިސް ހަރަކާތްތެރިވަމުން ދާކަމަސް ފުލުހުން ބުނެއެވެ.

މީގެ އިތުރުން މީހުން ސަލާމަތްކުރުމަށް މެރިން ޕޮލިސްގެ ދެ ލޯންޗް އެ ސަރަހައްދުގަައި ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.