މިހާރު ގައުމު މިދާ ހާލަތު ރަނގަޅު މަސައްކަތެއް އިދިކޮޅު ފަރާތްތަކާ އެކު ކުރެވޭނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒް މިފަދައިން ވިދާޅުވީ، ކުރީގެ ތިން ރައީސުންގެ މަންދޫބުންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ފައްޔާޒް ވިދާޅުވީ، ކުރިޔަށް ރާވާފައި ހުރި ކަންތައްތައް ކުރިއަށް ގެންދާނެ ގޮތުގެ ތަފްސީލު ހިއްސާ ކުރުމަށް ވަރަށް އަވަހައް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށާއި، ޑެއިލީ އަޕްޑޭޓްސް ނޫސްވެރިންނަށް ދިނުމުގެ އިންތިޒާމެއް ހަމަޖައްސާ ކުރިއަށްގެންދާނެ ކަމަށެވެ.

" އިރާދުފުޅު ކުރެއްވިޔާ އަޅުގަނޑުމެންގެ އުންމީދު ވަރަށް ބޮޑު މިހާރު މި ގައުމު މިދާ ދިމާލުން ރަނގަޅު ކުރުމަށް ރަނގަޅު މަސަކަތެއް އަޅުގަނޑުމެންނަށް އިދިކޮޅުފަރާތްތަކާ އެކު ކުރެވޭނެ ކަމާ ދޭތެރޭގަ"

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް

ނޫސްވެރިންގެ ދިފާއުގައި ކަމަށް ބުނެ ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުރުން އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. އޭގެ އިތުރުން ގައުމު ހަމަމަގަށް އެޅުވުމަށް ސަރުކާރަށް ޑިމާންޑުތަކެއް ކުރައްވައި މާލޭގެ މަގުތަކަށް ނުކުންނަވައި ފުލުހުންގެ ސަފުތައް ފަޅާލި މައްސަލައިގައި އެ ބޭފުޅުންނަށް ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.