ދ.މީދޫގައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ޝެޑެއް ހުޅުވައި ހިދުމަތްދޭން ފަށައިފިއެވެ.
އެފްއެސްއެމުން ބުނީ، ދ.މީދޫގައި އެކުންފުނިން ގާއިމްކުރި ޝެޑްގެ ހިދުމަތް ރަސްމީކޮށް ދޭން ފަށާފައިވާކަމަށާއި، މި މަޝްރޫއަކީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން ރާއްޖޭގެ ހުރިހާ ސަރަހައްދަކުން އެސްޓީއޯ ރޭޓްގައި ތެއޮ ލިބޭނޭމަގު ފަހިކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫޢުއެއްކަމަށެވެ.
މީގެ އިތުރުން އެފްއެސްއެމްއިން ބުނީ، މިއީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފެންވަރު ރަނގަޅު ތެލުގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެއްކަމަށެވެ.
މި މަޝްރޫއުގެ މައިގަނޑު ސިޔާސަތަކީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ފިއުލް ސްޓޭޝަން ގާއިމުކުރުން ކަމަށް ސަރުކާރުން ބުނެއެވެ.