‏ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ)ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމުން ޔޫސުފް ވަޙީދު ވަކިކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑު މެމްބަރުކަމުން މިއަދުން ފެށިގެން ޔޫސުފް ވަހީދު ވަކިކޮށްފައިވާ ކަމަށެވެ.

އެޗްޑީސީގެ ބޯޑަށް ޔޫސުފް ވަޙީދު އައްޔަނުކުރީ 2024 ވަނަ އަހަރުގެ ފަހު ކޮޅުގައެވެ. ޔޫސުފް ވަހީދު އޭގެ ކުރިން ވަނީ ސްޓެލްކޯ ބޯޑު މެންބަރުކަންވެސް ކުރައްވާފައެވެ.