ރާއްޖެއާއި އޮސްޓްރޭލިޔާގެ އެންމެ ފުރަތަމަ ޑައިރެކްޓް ފްލައިޓް ފުރައިފިއެވެ.

މޯލްޑިވިއަން އޭރިއޯ އިން އެކްސްގައި ކުރި ޕޯސްޓެއްގައިވަނީ ރާއްޖޭގެ އޭ330 މަތިންދާބޯޓު ރަސްމީކޮށް ރާއްޖެއާއި އޮސްޓްރޭލިޔާގެ އެންމެ ފުރަތަމަ ޑައިރެކްޓް ފްލައިޓްއަށް މެލްބޯންއަށް ފުރާފައިވާކަމަށެވެ.

މިއީ ރާއްޖެ ހަނދާން ނައްތާނުލެވޭ ދަތުރެއްގެ ފެށުމެއް ކަމަށާއި ފަޚުރުވެރި ދުވަހެއް ކަމަށް މޯލްޑިވިއަން އޭރިއޯ އިން ވަނީ ބުނެފައެވެ.

އޮސްޓްރޭލިއާގެ މެލްބަންއިން ރާއްޖެއަށް މޯލްޑިވިއަނުން ހަފުތާއަކު 1 ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ރާއްޖެއިން އޮސްޓްރޭލިއާއަށް ދަތުރުކުރާނީ، އާދިއްތަ ދުވަހުއެވެ. އަދި އޮސްޓްރޭލިއާއިން އެނބުރި ރާއްޖެއަށް އަންނާނީ، އަންގާރަ ދުވަހުއެވެ. މިއީ، 11 ގަޑިއިރުގެ ދިގު ދަތުރެކެވެ.