އަޟުޙާ ޢީދުގެ ބަންދާގުޅިގެން ބޭންކިންގ ޚިދުމަތް ދިނުމަށް 28 މޭ 2026 ވާ ބުރާސްފަތި ދުވަހު ހެނދުނު 08:30 އިން މެންދުރުފަހު 14:00 އަށް ހުޅުވާފައި ހުންނާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

1447 ވަނަ އަހަރުގެ އަޟުޙާ ޢީދު ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ވަނީ 24 މޭ 2026 އިން 2026 އިން 30 މޭ 2026 އަށް ސަރުކާރު ވަނީ ބަންދު ކޮށްފައެވެ.

އެ އޮތޯރިޓީން ވަނީ އަޟުޙާ ޢީދު ދުވަހު ޢާންމުންނަށް ވަކި ލާރި އާއި ނަގުދު ފައިސާ ދޫކުރުމަށް ހަމަޖެހިފައި ނުވާ ކަމަށް ބުނެފައެވެ. އަދި މި ހިނގާ ހަފްތާ ތެރޭގައި އަޟުޙާ ޢީދު ގެ ބަންދުގައި ބޭނުންވާނެކަމަށް އަންދާޒާކުރާ އަދަދަށް އެ އޮތޯރިޓީން ވަކި ލާރި އާއި ނަގުދު ފައިސާ ހޯއްދުމަށް ވަނީ އިލްތިމާސްކޮށްފައެވެ.