މާލެ ވޯޓާ އެންޑް ސްވެރޭޖް ކޮމްޕެނީ ލިމިޓެޑް، އެމްޑަބްލިޔުއެސްސީގެ ޗެއާމަން ޝަމްހޫޒާ އަހްމަދު އެ މަގާމުން ވަކިކޮށްފިއެވެ.
މިކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީން ވަނީ ކަށަވަރުކޮށްދީފައެވެ. އެ ބޯޑުން ބުނީ، ޝަމްހޫޒާ އަހްމަދު މިއަދުން ފެށިގެން އެމްޑަބްލިޔުއެސްސީގެ ޗެއާމަންކަމުގެ މަގާމުންނާއި ޑިރެކްޓަރުންގެ ބޯޑުންވެސް ވަކިކޮށްފައިވާ ކަަމަށެވެ.
ޝަމްހޫޒާ މަގާމުން ވަކިކޮށްފައިވާއިރު ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް އެކި ކުންފުނިތަކުގެ ބޯޑަށް ސަރުކާރުން އަންނަނީ، ބަދަލުތައް ގެންނަމުންނެވެ.
އެގޮތުން މިދިޔަ އޭޕްރިލް މަހުގެ 12 ވަނަ ދުވަހު އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަބްދުލްމަތީން މުހައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް މިހާރު ވަނީ ހުސެއިން ފަހުމީ އައްޔަން ކޮށްފައެވެ.