ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯގެ އެނުވަލް ޖެނެރަލް މީޓިންގް 2025 މިއަދު ބާއްވައިފިއެވެ.

މިޖަލްސާގައި އިން ޕާރސަން 176 ހިއްސާދާރުން އާއި ޕްރޮކްސީގެ ގޮތުގައި 87 ހިއްސާދާރުންނާއެކު މުޅި ޖުމްލަ 263 ހިއްސާދާރުން ވަނީ ބައިވެރިވެފައެވެ.

2025 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި މާލީ ބަޔާން އެސްޓީއޯގެ ހިއްސާދާރުން މިޖަލްސާގައި ވަނީ ފާސްކޮށްފައެވެ. އަދި އޭގެ އިތުރުން މި ޖަލްސާގައި ހިއްސާދާރުންގެ އަޣުލަބިއްޔަތުން 2025 ވަނަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް ހިއްސާއަކަށް 85 ރުފިޔާ ބެހުމަށް ވަނީ ނިންމާފައެވެ.

އަދި އެކްސްޓާނަލް އެޑިޓަރުންގެ ގޮތުގައި އާރނަސްޓް އެންޑް ޔަންގް 2026 ވަނަ އަހަރަށް ވަނީ އައްޔަންކޮށްފައެވެ.

އެސްޓީއޯގެ ބޯޑް އޮފް ޑައިރެކްޓާޒްގައި ހިމެނެނީ ޗެއާމަން އަމީރް މަންސޫރު، އެމްޑީ އަދި ސީއީއޯއަށް ޝިމާދް އިބްރާހިމް، ސީއެފްއޯއަށް މުހައްމަދު ނިޒާމް، ބޯޑުގެ މެންބަރުންގެ ގޮތުގައި ރީޝާ އަބްދުލް މުންމިން، އައިސަު ފަޒީނާ، ދާނިޝް އަބްދުލް އަމީން އަދި މުހައްމަދު އަހްސަން ސަލިމްއެވެ. އަދި އާންމު ހިއްސާދާރުންގެ މަންދޫބެއްގެ ގޮތުގައި މުހައްމަދު އަހްސަން ސަލީމް ވަނީ ހަމަޖެހިފައެވެ.

ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯއަކީ ރާއްޖޭގެ އިގްތިސާދުގައި މުހިންމު ދައުރެއް އަދާކުރާ ކުންފުންޏަކަށްވާއިރު، ކުންފުނީގެ ފައިދާ ހިއްސާދާރުންނަށް މިފަދަ ބޮޑު އަދަދަކުން ބެހުމަށް ނިންމުމަކީ އިންވެސްޓަރުންގެ އިތުބާރު ކުންފުންޏަށް އިތުރުވެގެންދާނެ ކަމެކެވެ.