އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި ރާއްޖެއިން ބޭރު ތިން ގައުމެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ރީރަޖިސްޓްރީކުރުމަށް އެޕާޓީން ހުޅުވާލައިފިއެވެ.
އެކަމާއި ގުޅިގެން އެމްޑީޕީން ކުރި އިއުލާނެއްގައި ބުނީ ރާއްޖެއިން ބޭރުގެ ތިން ޤައުމެއްގައި 50 މެންބަރުން ރީ-ރަޖިސްޓްރީކޮށްފި ކަމުގަވަނީނަމަ، ފޮށި ބެހެއްޓުމަށް އިލެކްޝަން ކޮމިޓީ ނިންމާފަވާތީ މިކަމަށް އެމްޑީޕީއިން ފުރުޞަތު ހުޅުވާލާކަމުގައެވެ.
ފުރުޞަތު ހުޅުވާލާފައިވާ ޤައުމުތަކަކީ އިންޑިޔާގެ ޓްރިވެންޑްރަމް، ސްރީލަންކާގެ ކޮލޮމްބޯ އަދި މެލޭޝިޔާގެ ކުއަލަލަންޕޫރެވެ.
ރީ-ރަޖިސްޓްރޭޝަންގެ މުއްދަތު ހަމަވާއިރު 50 މެންބަރުން ހަމަނުވާ ޤައުމުތަކަށް ރީ-ރަޖިސްޓްރީކުރާ މެންބަރުން ވޯޓުލާ ތަން ކަމުގައި ވާނީ މިހާރު އިއުލާންކުރެވިފައިވާ ލިސްޓްގައިވާ ތަނަށެވެ.
ރީ-ރަޖިސްޓްރީވާން އެދޭ މެންބަރުން 22 މެއި 2026 ވާ ހުކުރު ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ގޫގުލް ފޯމް މެދުވެރިކޮށް ހުށަހަޅައިދިނުމަށް އެމްޑީޕީން ވަނީ އެދިފައެވެ.