ކްލިކް ކޮލެޖުން އިމްތިޒާމުކޮށްގެން ބާއްވާ "ނެކްސްޓް ސްޓެޕް ފޯ ޔޫތު ޑިވެލޮޕްމަންޓް" ހަރަކާތް މީރުމާ ހޯލުގައި ފަށައިފިއެވެ.
ދެ ދުވަހެއްގެ މުއްދަތަށް ކުރިއަށް ގެންދާ މި ކެރިއާ ގައިޑަންސް އިވެންޓް ރަސްމީކޮށް އިފްތިތާހް ކޮށްދެއްވީ މާލެސިޓީގެ މޭޔަރު އާދަމް އާޒިމްއެވެ.
މިއީ ސާނަވީ ތައުލީމު ނިންމައި، ވަޒީފާގެ ބާޒާރަށް އަލަށް ނުކުންނަ ޒުވާނުންނަށް މުސްތަގުބަލު ބިނާކުރުމަށާއި، ކެރިއާ ބައަރު ބައްޓަން ކުރުމަށް ބޭނުންވާ މުހިންމު މައުލޫމާތު ފޯރުކޮށްދިނުމުގެ މަގްސަދުގައި ހިންގާ ހަރަކާތެއް ކަމަށް ކްލިކް ކޮލެޖުން ބުނެއެވެ.
މި ހަރަކާތް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮލިކް ކޮލެޖުގެ ރައީސް ޑރ. ނައުޝާދު އަހުމަދު ވަނީ، ވަޒީފާގެ ބާޒާރަށް އަނަންމުންދާ ހަލުވި ބަދަލުތަކަށް އަލިއަޅުވާލައްވައި، ތައުލީމާއި ކެރިއަރާ ގުޅޭ ނިންމުންތައް ނިންމުމުގައި ޒުވާނުންގެ ހޭލުންތެރިވުމުގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ.
އަދި މި ހަރާކާތުގައި ބައިވެރިވާ ތަޖުރިބާކާރުންގެ އިރުޝާދާއި މަޝްވަރާގެ ބޭޏުން އެންމެ ހެޔޮގޮތުގައި ހިފުމަށް އޭނާ ދަރިވަރުންނަށް ބާރުއެޅުއްވިއެވެ.
މީގެ އިތުރުން ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސާދީ ކުރިއެރުމައްޓަކައި ހުނަރުވެރި މަސައްކަތްތެރި ޖީލެއް ބިނާ ކުރުމުގެ މުހިންމުކަމަކީ ކޮންމެހެން ބޭނުންތެރެި ކަމެއް ކަން ވެސް ޑރ. ނައުޝާދު ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި އާދަމް އާޒިމް ދެއްކެވި ވާހަކަ ފުޅުގައި މޭޔަރު އާޒިމް ވިދާޅުވީ، ޒުވާނުން ބާރުވެރިކުރުވައި ކުރިއެރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ކްލިކް ކޮލެޖުން ކުރަމުންދަ މަސައްކަތައް ތައުރީފު ކުރެއްވިއެވެ.
މޭޔަރުގެ އަމިއްލަ ދިރިުޅުމުގެ ތަޖުރިބާ ހިއްސާ ކުރަވައްމުން ވިދާޅުވީ، ތައުލީމީ ދާއިރާގައި ކުރިމަތިވި ގޮންޖެހުންތަކާއި ނާކާމިޔާބީ ތަކަށް ފަހު ކެއްތެރިކަމާއި މަންނީ ހުނަރު ގެ އެހީގައި ކާމިޔާބީއާ ހަމައަށް ވާސިލުވި ގޮތް ބަޔާން ކޮށްދެއްވިއެވެ.
އެގޮތުން އާޒިމް ވިދާޅުވީ، ނާކާމިޔާބީ އަކީ ކާމިޔާބީ އަށް ވާސިލްވުމަށް ލިބޭ އިތުރު ފުރުސަތެއް ކަމަށެވެ. އެހެން ކަމުން ހުރަސްތަކާ ގުޅިގެން މާޔޫސް ނުވެ ކުރިޔަށް ދިއުމަށް ގަދައަޅާ މަސަކަތް ކުރުމަށް ޒުވާނުންނަށް އާޒިމް އިލްތިމާސް ކުރެއްވިއެވެ.
ރަސްމިއްޔާތަށް ފަހު އާޒިމް ވަނީ އެކި މުއައްސަސާތަކުން ތައްޔާރު ކޮށްފައިވާ ސްޓޯލްތަކަށް ޒިޔާރަތް ކުރައްވައި ދަރިވަރުންނާއި ބައިވެރިންނާ ބައްދަލު ކުރައްވާފައެވެ.
މި ހަރާކާތުގެ ތެރެއިން މެނަލް ޑިސްކަޝަން، ބޫތްތަކުގައި ވަޒީފާ، ތައުލީމީ ފުރުސަތުތައް، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮ ކަމުގެ މައުލޫމާތު ފޯރުކޮދޭ ކަމަށް ކްލިކް ކޮލެޖުން ބުނެއެވެ.
އެގޮތުން ފުރަތަމަ ދުވަހު ކުރިއަށްދިއަ ޕެނަލް ޑިސްކަޝަންގައި އަމާޒު ކޮށްފައިވަނީ ފަރުވެރިކަމާއި އެކައުންޓިން ދާއިރާއަށް ކަމަށް އެ ކޮލެޖުން ވަނީ ބުނެފައެވެ. މީގެ އިތުރުން މާކެޓިން އަދި ބިޒްނަސް ދާއިރާއަށް ހާއްސަ ސެޝަންތަކެއް ވެސް ކުރިއަށް ގެންދިއަ ކަމަށް އެ ކޮލެޖުން ބުނެއެވެ.
މާދަމާވެސް މި އިވެންޓް މީރުމާގައި މެންދުރު 12:00 އިން ރޭގަނޑު 10:00 އަށް ކުރިއަށްދާނެ ކަމަށް ވެސް ކްލިކް ކޮލެޖުން ވަނީ ބުނެފައެވެ.